Friday, March 27, 2015

މަސައްކަތް 1

ތިރީގައިމިވާ ޢިބާރާތް ތިކިޖެހިތާނައަށް ބަދަލުކޮށްގެން އަލުން ލިޔާށެވެ.


صَلاَةُاللهِ سَلاَمُ اللهِ ، عَلَى الْمُخُتَارِ مِنْ مُضَرِ
                     رَسُوْلٌ جَاءَبِاالذِّكُرِ ، فَزَالَ الْعُسْرِ بِاالْيُسْرِ

فَنُوْرُهُدَىهُ مُذُطَلَعَا ، اَنَارَالْكَوْنَ كَالفَخُرِ
                     أَتَى فِى اخِرِالرُّسُلِ ، بِدِيْنٍ دَامَ لِلْحَشْرِ
                                   تَبَدَّى نُوْرُهُ قِدَمًا ، بِحَضُرَةِخَالِقِ البَشَرِ

فَأَوَّ لُ خَلْقِ رَبِّكَ هُوْ ، كَمَاقَدُ صَحَّ فِى الْخَبَرِ
                     فَمِنْهُ الْعَرْ شُ وَالْكُرُسِى ، وَنُوْرُا لشَّمْسِ وَالْقَمَرِ
                                   وَمِنْهُ الْاَ نْبِيَاخُلِقُوْ ، وَقَدُرُعُلَاهُ مَنْ يَدُرِى

بِهِ سُدُنَا بِهِ فُزُنَا ، بِهِ افْتَخَرَتْ بَنُوْ فِهُرِ
                     وَرَبُّكَ خَصَّهُ بِخَصَا ، يُصٍ قَدُجَلَّ عَنْ حَصْرِ
                                    تَأَمَّلْ سُوْرَةَالْفَتُحِ ، تَرَى الْاَيَاتِ بِاالنَّصْرِ

وَصَلَّى الله عَلَى الْهَادِى ، مَعَ الْاَصْحَابِ وَالْعِشَرِ
                      كَذَالتُبَّاعِ وَالْعُلَمَا ، مَدَى الْاَ يَّا مِ وَالدَّ هُرِ
*********


ޖަވާބު


صَلاَةُاللهِ سَلاَمُ اللهِ ، عَلَى الْمُخُتَارِ مِنْ مُضَرِ
                     رَسُوْلٌ جَاءَبِاالذِّكُرِ ، فَزَالَ الْعُسْرِ بِاالْيُسْرِ
ޞަލާތުﷲ ސަލާމުﷲ، ޢަލަލް މުޚުތާރި މިން މުޟަރީ
     ރަސޫލުން ޖާއަބިއްޛިކުރީ، ފަޒާލަލް ޢުސްރި ބިލްޔުސްރީ

فَنُوْرُهُدَىهُ مُذُطَلَعَا ، اَنَارَالْكَوْنَ كَالفَخُرِ
                     أَتَى فِى اخِرِالرُّسُلِ ، بِدِيْنٍ دَامَ لِلْحَشْرِ
                                   تَبَدَّى نُوْرُهُ قِدَمًا ، بِحَضُرَةِخَالِقِ البَشَرِ
ފަނޫރުހުދާހު މުޛުޠަލަޢާ، އަނާރަލްކަވްނަ ކަލްފަޚުރީ
     އަތާ ފީ ޚިރިއްރުސުލީ، ބިދީނިން ދާމަ ލިލް ޙަޝްރީ
          ތަބައްދާ ނޫރުހޫ ޤިދަމާ، ބިޙަޟުރަތިޚާލިޤިލް ބަޝަރީ

فَأَوَّ لُ خَلْقِ رَبِّكَ هُوْ ، كَمَاقَدُ صَحَّ فِى الْخَبَرِ
                     فَمِنْهُ الْعَرْ شُ وَالْكُرُسِى ، وَنُوْرُا لشَّمْسِ وَالْقَمَرِ
                                   وَمِنْهُ الْاَ نْبِيَاخُلِقُوْ ، وَقَدُرُعُلَاهُ مَنْ يَدُرِى
ފައައްވަލު ޚަލްޤި ރައްބިކަހޫ، ކަމާޤަދު ޞައްޙަ ފިލްޚަބަރީ
     ފަމިންހުލް ޢަރުޝު ވަލް ކުރުސީ، ވަނޫރުއް ޝަމްސި ވަލްޤަމަރީ
          ވަމިންހުލް އަންބިޔާޚުލިޤޫ، ވަ ޤަދުރުޢުލާހު މަން ޔަދުރީ

بِهِ سُدُنَا بِهِ فُزُنَا ، بِهِ افْتَخَرَتْ بَنُوْ فِهُرِ
                     وَرَبُّكَ خَصَّهُ بِخَصَا ، يُصٍ قَدُجَلَّ عَنْ حَصْرِ
                                    تَأَمَّلْ سُوْرَةَالْفَتُحِ ، تَرَى الْاَيَاتِ بِاالنَّصْرِ
ބިހީ ސުދުނާ ބިހީފުޒުނާ، ބިހިފްތަޚަރަތު ބަނޫ ފިހުރީ
     ވަރައްބުކަ ޚައްޞަހޫ ބިޚަޞާ، ޔުޞިންޤަދު ޖައްލަ ޢަން ޚަޞްރީ
          ތައައްމަލް ސޫރަތަލް ފަތުޙީ، ތަރަލްއާޔާތި  ބިއްނަޞްރީ

وَصَلَّى الله عَلَى الْهَادِى ، مَعَ الْاَصْحَابِ وَالْعِشَرِ
                      كَذَالتُبَّاعِ وَالْعُلَمَا ، مَدَى الْاَ يَّا مِ وَالدَّ هُرِ
ވަޞައްލަﷲ ޢަލަލްހާދީ، މަޢަލް އަޞްޙާބި ވަލްޢިޝަރީ
     ކަޛާތުއްބާޢި ވަލްޢުލަމާ، މަދަލް އައްޔާމި ވައްދަހުރީ
*********


ސެޝަން ކުރިއަށްގެންދާނެގޮތް:
ކުލާސް: ގްރޭޑް 9
ސުރުޚީ: ތިކިޖެހި ތާނަ
ހޭދަވާނެ ވަގުތު: 30 މިނިޓް

ޙާޞިލްވާނެ މިންވަރު: މި ފިލާވަޅު ފެށުމުގެ ކުރިން ގްރޭޑް 7 ކުން ފެށިގެން ދަރިވަރުންނަށް ހުންނާނީ ތިކިޖެހި ތާނައިގެ ފިލާވަޅުތައް އެގި ދަސްވެފަ އެވެ. އެހެންކަމުން މި ފިލާވަޅު ނިމިގެންދާއިރު ތިކިޖެހި ތާނަ އަލުން މުޠާލިޔާ ކުރެވި އިހުނައްވުރެން ތިކިޖެހި ތާނައަށް ދަރިވަރުން ފަރިތަވާނެ އެވެ. އެހެން ކަމުން ތަފާތު ލިޔުންތަކުގައި ތިކިޖެހި ތާނަ ހިމަނައިގެން ޢިބާރާތެއް ލިޔަން ވެއްޖެނަމަ، އިތުރު ފަސޭހަތަކެއް ދަރިވަރުންނަށް ލިބިގެން ދާނެ އެވެ.

 ރިސޯސް: މިފިލާވަޅުކުރިއަށް ގެންދިއުމަށްޓަކައި، އަތްމަތީކަރުދާސް، ބޯޑު، މާކަރު، ޑަސްޓަރ، ގަލަން، ޢަރަބި ބަހުން ލިޔެފައިވާ އަރަބި ޅެމުގެ ކޮޕީތައް.
ތަޢާރަފް:
ފިލާވަޅަށް ފަށްޓަވާނީ މިފިލާވަޅު ގެންދިއުމުގެ ބޭނުމާއި މިއީ ކޮންކަމެއް ޙާޞިލުކުރުމުގެ މަޤްޞަދުގައި ކުރާ ދަތުރެއްކަން ބުނެދެއްވާފައެވެ. މިސާލަކަށް: މިއީ ދިވެހި ބަސްނޫން އެހެން ބައެއް ބަސްބަހުގައި ޚާއްސަކޮށް އައރަބި އުރުދޫބަސްތައް ތާނައިން ލިޔާއިރު އެ ލަފުޒުތަކުގެ މަޚުރަޖުން ލިޔުމަށް ދަރިވަރުންނަށް ދަސްކޮށް ދިނުމަށް ނަގާ ފިލާވަޅެއް ކަމަށް ބުނެދޭން ވާނެއެވެ. އަދި މިފިލާވަޅު ބިނާކޮށްފައި ވާނީ މުދައްރިސް އޮޅުން ފިލުވައިދެއްވުމާއި، ދަރިވަރުންގެ ޢަމަލީ މަސައްކަތް ކުރުމުގެ މައްޗަށްކަން ވެސް ބުނެދެއްވަންވާނެއެވެ. (2މިނިޓް)
މައިގަނޑު:
ތިކިޖެހި ތާނަ ހަނދާނަށް ގެނައުން. ދަރިވަރުންނާއި ސުވާލުކުރުން.
ކުލާސް 5 ގުރޫޕަކަށް ބަހާ އަރަބިން ލިޔެފައިވާ ލަވަ ތިކިޖެހި ތާނައިން ލިޔުމަށް ޙަވާލުކުރުން.
ދަރިވަރުންގެ މަސައްކަތް ނިމުމުން ކުލާހަށް ހުށަހެޅުން
މުދައްރިސް މާރކުކުރުން
ނިންމުން:
ދަރިވަރުން ކުރި މަސައްކަތާއި ދެއްވި ޖަވާބާއި އެއްބާރު ލުމުން ފާހަގަކުރެވުނު ކަންތައްތައް ކްލާހުގައި ބުނެދިނުމަށްފަހު ފިލާވަޅު ނިންމަވާލައްވަންވާނީ ހިތްހަމަޖެހުމާ އެކުގައެވެ.

No comments:

Post a Comment