ސެޝަން
ކުރިއަށްގެންދާނެގޮތް:
ގްރޭޑް: 9
ސުރުޚީ: އަޑުއެހުމުގެ
ދޭހަ
މާއްދާ: ދިވެހި ބަސް
ހޭދަވާނެ ވަގުތު: 15
މިނިޓް
ޙާޞިލްވާނެ މިންވަރު: މި ފިލާވަޅު ނިމިގެންދާއިރު އަޑުއެހުމުގެ
ދޭހައެއްގައި ޢަމަލުކުރަންވީ ގޮތް ދަރިވަރުންނަށް އެނގިގެން ދާނެ އެވެ.
ރިސޯސް:
މިފިލާވަޅުކުރިއަށް ގެންދިއުމަށްޓަކައި، ލެޕްޓޮޕް، ސްޕީކަރ، ކަރުދާސް، ސުވާލުކަރުދާސް،
ބޯޑު، މާކަރު، ސުވާލުތަކުގެ ޖަވާބުތައް، ބޭނުންވާނެއެވެ.
ތަޢާރަފް:
ފިލާވަޅަށް
ފަށްޓަވާނީ މިފިލާވަޅު ގެންދިއުމުގެ ބޭނުމާއި މިއީ ކޮންކަމެއް ޙާޞިލުކުރުމުގެ
މަޤްޞަދުގައި ކުރާ ދަތުރެއްކަން ބުނެދެއްވާފައެވެ. މި އީ އަޑުއެހުމުގެ ދޭހައިގެ
ފިލާވަޅެއް ކަމާއި، ދަރިވަރުންނަށް ޙަވާލުކުރާ އަޑުއެހުމުގެ ދޭހައިގެ ސުވާލު
ކިޔުމަށް ފަހު އަޑުއިއްވާ ލަވަ އަޑު އެހުމަށް ފަހު މަސައްކަތް ފުރިހަމަކުރުމަށް
ބުނެދޭންވާނެ އެވެ. (2މިނިޓް)
މައިގަނޑު:
އަޑުއެހުމުގެ
ދޭހައިގެ ސުވާލުތަކަށް ޖަވާބުދިނުމުގައި ވިސްނަންވީ ނުކުތާތަކާއި ކުރާނެމަސައްކަތް
ކިއުއްވާ ދެއްވާނީ މުދައްރިސެވެ.
ފުރަތަމަ ފަހަރަށް
ލަވަ އަޑުއަހާއިރު ދެވިފައިވާ ސުވާލުތައް ދަރިވަރުން ކިޔާލާނެ އެވެ. ދެވަނަ
ފަހަރަށް ލަވަ އަޑުއަހާއިރު ދެވިފައިވާ ސުވާލުތަކުގެ ޖަވާބު ދެމުން ގެންދާނީ އެވެ.
ތިންވަނަ ފަހަރަށް ލަވައަޑުއަހާއިރު ޖަވާބުތައް ރަނގަޅުތޯ ޗެކުކުރަމުން ގެންދާނީ
އެވެ.
ނިންމުން:
ދަރިވަރުން ދެއްވި
ޖަވާބާއި އެއްބާރު ލުމުން ފާހަގަކުރެވުނު ކަންތައްތައް ކްލާހުގައި
ބުނެދިނުމަށްފަހު ފިލާވަޅު ނިންމަވާލައްވަންވާނީ ހިތްހަމަޖެހުމާ އެކުގައެވެ.
އަޑު އެހުމުގެ ދޭހައިގެ ސުވާލުތައް
ލަވަ އަޑުއެހުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.
1. މާކަނޑުގެ މެދުތެރޭގައިވާ މާ ހަމަ ހިމޭން ތަނެއްގެ ވާހަކަ ޅެމުގައި
އެބައާދެ އެވެ. އެއީ ކޮން ތަނެއް ހެއްޔެވެ؟
.........................................................................................................................................
2. ސާފު ފަޅުތަކާއި، ދޮންވެލި ތުންޑިތަކުގެ ވާހަކައިން ސިފަކޮށްދީފައިވަނީ
ކޮންތަނެއް ހެއްޔެވެ؟

3. "ކުރެދީގެ ހޭޅި" މި ޢިބާރާތުގައިވާ ހޭޅި އަކީ ކޮބާ؟

4. މި ޅެމުން މުރަކައިގެ ދަނަޑު މާނަކުރަނީ ކޮން ތަނަކަށް ހެއްޔެވެ؟

5 މަހަލް ދީބަކީ ދުނިޔޭގެ ދެވަނައެއް ނުވާ ތަނެއްގެ ގޮތުގައި ދެއްކުމަށް
ޅެމުން ހެކިދައްކާ ދެ ކަމެއް ލިޔެދީ!

6. މި ތަނަށް އުފަންވީތީވެ އުފާކުރާސަބަބު ކަމަށް ޅެމުގައި ބުނާ ސަބަބުކަމަށް
ތިޔަކުދިންނަށް ފެންނަ ކަމަކީ ކޮބާ؟

7. ލޮބުވެތި އަޚުން މިތާގައި ދިރިއުޅެމުން ދަނީ ކޮންހެނެއް ހެއްޔެވެ؟

ޅެމާއި ޖަވާބުތައް
މާކަނޑުގެ މެދުތެރޭ ވާހަމަ ހިމޭންކަމޭ މާރިވެތި ރާއްޖެމީ އޯހޯހޯ
މާސާފު ފަޅުތަކާއި
ދޮންވެލިމި ތުނޑިތަކާ ވާދިވެހި ރާއްޖެމީ އޯހޯހޯ
ވާދިވެހި ރުއްތަކާ ކުރެދީގެ ހޭޅިޔާ ވާރިވެތި މަސްތަކާ މުރަކައިގެ ދަނޑުތަކާ
ވާހާއުފާ މިތާ ނުނިމޭ ދުލުން
ކިޔާ ދެވަނައެއް މިފަދައެއްނުވާ މާހަލް
ދީބޭމީ
ވީތީ އުފަންމިތާ ކުރަމޭ އުފާހިތާ ވާތީ އަމާންކަމާ ލޮބުވެތި އަޚުން މިތާ
ކުރަމޭ ދުޢާއަޅާ އަބަދަށް
ވުމަށްމިތާ އުފުލާ އަޑުންކިޔާ މާހަލް ދީބޭމީ
ލަވަ އަޑުއެހުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.
1. މާކަނޑުގެ މެދުތެރޭގައިވާ މާ ހަމަ ހިމޭން ތަނެއްގެ ވާހަކަ ޅެމުގައި
އެބައާދެ އެވެ. އެއީ ކޮން ތަނެއް ހެއްޔެވެ؟
ޖަވާބު: ދިވެހިރާއްޖެ އެވެ.
2. ސާފު ފަޅުތަކާއި، ދޮންވެލި ތުންޑިތަކުގެ ވާހަކައިން ސިފަކޮށްދީފައިވަނީ
ކޮންތަނެއް ހެއްޔެވެ؟
ޖަވާބު: ދިވެހި ރާއްޖެ އެވެ.
3. "ކުރެދީގެ ހޭޅި" މި ޢިބާރާތުގައިވާ ހޭޅި އަކީ ކޮބާ؟
ގޮނޑުދޮށުގައި ގަސްހެދިފައި ހުންނަ ހިސާބެވެ.
4. މި ޅެމުން މުރަކައިގެ ދަނަޑު މާނަކުރަނީ ކޮން ތަނަކަށް ހެއްޔެވެ؟
ޖަވާބު: ކަނޑު އަޑީގެ ރީތި މަންޒަރުތަކަށެވެ.
5 މަހަލް ދީބަކީ ދުނިޔޭގެ ދެވަނައެއް ނުވާ ތަނެއްގެ ގޮތުގައި ދެއްކުމަށް
ޅެމުން ހެކިދައްކާ ދެ ކަމެއް ލިޔެދީ!
ޖަވާބު: މުރަކައިގެ ކަނޑުތަކުގައި ރީތި މަސްތައް އުޅުމާއި، ސާފު ފަޅުތަކާއި،
ދޮންވެލި ތުނޑިތައް
6. މި ތަނަށް އުފަންވީތީވެ އުފާކުރާސަބަބު ކަމަށް ޅެމުގައި ބުނާ ސަބަބުކަމަށް
ތިޔަކުދިންނަށް ފެންނަ ކަމަކީ ކޮބާ؟
ޖަވާބު: އަމާން މާޙައުލެއްގައި، ދިރި އުޅެވުމާއި، މި މާޙައުލުގެ ހަމަހިމޭން
ކަންފަދަ ކަންތައްތައް
7. ލޮބުވެތި އަޚުން މިތާގައި ދިރިއުޅެމުން ދަނީ ކޮންހެނެއް ހެއްޔެވެ؟
ޖަވާބު: އަމާން ކަމާއި އެކުގައެވެ.
No comments:
Post a Comment