Saturday, March 28, 2015

މަސައްކަތް 2


ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ސުވާލުތައް!
ކުލާސް ދެ ގުރޫޕަކަށް ބަހާ ކޮންމެ ގުރޫޕަކަށް ނަމެއް ދޭށެވެ. މިބުރުގައި ޖަވާބު ދިނުމަށް ދެވޭނީ 30 ސިކުންތެވެ.
ފުރަތަމަ ބުރުގެ ސުވާލުތައް ކުރަންވާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައ، ކޮންމެ ގްރޫޕެއްގެވެސް އެއް ކުއްޖަކާ ސުވާލެއް ކުރަން ވާނެ އެވެ. ކޮންމެ ރަނގަޅު ޖަވާބަކަށް 5 މާރކުސް ދޭށެވެ. މިސުވާލުގެ ޖަވާބު އެދަރިވަރަށް ނުދެވިއްޖެނަމަ، އެގުރޫޕްގެ އެހެން ދަރިވަރަކު ލައްވާ އެ ސުވާލުގެ ރަނގަޅު ޖަވާބުދޭނީ އެވެ. މި ޖަވާބަށް 2 މާރކްސް ގުރޫޕަށް ދޭނީ އެވެ. މިގޮތަށް އެ ގުރޫޕަށް ޖަވާބު ނުދެވިއްޖެނަމަ އަނެއް ގުރޫޕަށް 1 މާރކްސް ދޭގޮތަށް ސުވާލު ހުށަހަޅާށެވެ. ޖަވާބު ދެވިއްޖެނަމަ 1 މާރކްސް އެ ގްރޫޕަށް ދޭނީ އެވެ. މިހެންވެސް ޖަވާބު ނުދެވިއްޖެނަމަ، ކޮންމެ ގުރޫޕަކުން 1 މާރކްސް އުނިކޮށް މުދައްރިސް ޖަވާބު ދޭނީ އެވެ.
 މިގޮތަށް ހުރިހާކުދިން ނިމުމުން ދެވަނަ ފިޔަވަހީގައި ކޮންމެ ގުރޫޕަކަށް 5 ސުވާލު ކުރާނީ އެވެ. މި ފަސް ސުވާލުކުރާއިރު ގުރޫޕް ކުދިންގެ ތެރެއިން ގުރޫޕަކުން ކަނޑައަޅާ އެއް ކުއްޖަކު ޖަވާބު ދޭނީ އެވެ. މިގޮތަށް ޖަވާބު ދެވިއްޖެނަމަ، އެ ގުރޫޕަކަށް 1 މާރކްސް ދޭނީ އެވެ. މިގޮތަށް ގުރޫޕން ފުރަތަމަ ކުއްޖާއަށް ޖަވާބު ނުދެވިއްޖެނަމަ އެ ގްރޫޕަށް ދެވަނަ ފުރުސަތެއް ނުދީ، ދެވަނަ ގުރޫޕަށް ސުވާލުގެ ޖަވާބު ދިނުމަށް ފުރުސަތު ދޭނީއެވެ. މިގޮތަށް ޖަވާބު ޖަވާބު ދެވިއްޖެނަމަ އެ ގްރޫޕަށް 2 މާރކްސް ދޭނީ އެވެ. މިގޮތަށް ޖަވާބު ނުދެވިއްޖެނަމަ އެޖަވާބު މުދައްރިސް ދޭނީ އެވެ. މިގޮތަށް ޖަވާބުދިނުމަށްފަހު ކޮންމެ ގްރޫޕަކުން 2 މާރކްސް އުނިކުރާނީ އެވެ. މިގޮތަށް ކޮންމެ ގްރޫޕަކަށް 5 ސުވާލު ކުރުމަށްފަހު ގަދަ ހިފުމުގެ ބުރަށް ދާނީ އެވެ.    
1.      ދިވެހި އަދަބިއްޔާތު ބެހިގެންވާ ދައުރުތައް ލިޔާށެވެ.
ޖަވާބު: ޅަފަތުގެ ދައުރު، ފިރުކެންފެށި ދައުރު، ހިނގައިގަނެވުނު ދައުރު.
2.      ދައުރުތައް އެއްދައުރުން އަނެއް ދައުރަށް ބަދަލުވާން ދިމާވި ސަބަބުތައް ލިޔާށެވެ.
ޖަވާބު: ދިވެހިންގެ ތެރެއަށް އިލްމު ފެތުރުން ޢާއްމުވުމާއި ވިސްނުމަށް އަންނަސްފެށި ބަދަލާއި ލިޔެކިޔުމާއި ޗާޕްގެ މަސައްކަތް ފަސޭހަވެގެން ދިއުމެވެ.
3.      ދިވެހިންގެ ތެރޭގައި މަޝްހޫރު "ބޮޑުތާހީދު" ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ؟
ޖަވާބު: އެދުރު އުމަރު މާފަތްކަލޭގެފާނެވެ.
4.      ޅަފަތުގެ ދައުރުގެ ލިޔުންތަކުން ފާހަގަވާ 2 ކަމަކީ ކޮބާ؟
ޖަވާބު:  ބޯދާ ބަސްތައް ގިނަވުން
ޖުމްލަ ތަކުގެ ނިމުން ހުށި، މެއަ ފަދަ އަކުރުތަކަށް ނިމިފައި ހުރުން
ޖުމްލަ ތައް ދިގުކަމުން ބުނަން އުޅޭ އެއްޗެއް ދޭހަނުވުން.
5.      ބަނޑޭރި ހަސަންމަނިކު ފާނުގެ "ދިޔޯގެ ރައިވަރު" ގެ މައިގަނޑު ހާދިސާ އަކީ ކޮބާ؟        
ޖަވާބު: އެއީ ދެ އަންހެނެއްގެ ދެމެދުގައި ހިނގި ޚިޔާލީ ހަނގުރާމައެއްގެ ވާހަކައެއް. (އިންޑިޔާގެ ލަކަނޫގައި އިންނެވި ދިޔޯ އަކާ އެފްރިކާގެ މުސިންބީ (މޮޒަމްބީކް) ގައި އިންނެވި ދިޔޯ އެއްގެ ދެމެދުގައި ހިނގި ހަނގުރާމަ)
6.      ދިވެހި ލިޔުންތެރިކަމުގެ 3 ދައުރުގެ ތަފަތު އެންމެ ބޮޑަށް ފެންނަނީ ކޮންކަމަކުން؟
ޖަވާބު:  ލިޔުންތައް އިބާރާތްކޮށްފަ ހުންނަގޮތަކުން / އިބާރާތް ކުރުމުން .
7.      ލިޔުންތައް ޗާޕްކުރެވެން ފެށީ ލިޔުންތެރިކަމުގެ ކޮންދައުރެއްގައި؟
ޖަވާބު: ފިރުކެންފެށި ދައުރުގަ
8.      ނައިބް ތުއްތާއި، ހުތް އަލިދީދީއާއި، ހުސެއިން ސަލާހުއްދީނާއި ތިންބޭފުޅުން ޚިދުމަތް ކުރެއްވީ ކޮން ދައުރެއްގައި؟
ޖަވާބު:  ފިރުކެންފެށި ދައުރުގަ
9.      ޅަފަތުގެ ދައުރުގައި ލިޔުނު އަދަބީ އެތައް ތަރިކައެއް މިޒަމާނަށް އައިއިރު ވަނީ ގެއްލިފައެވެ. މިކަން މިގޮތަށް ވާން މެދުވަރިވި ސަބަބު ލިޔާށެވެ.
ޖަވާބު: އެދުވަސްވަރަކީ ޗާޕްކުރެވުނު ޒަމާނަކަށް ނުވާތީވެއެވެ.
10.  ކީރިތި ރަސޫލާގެ ސިޔަރަތް“ ދިވެހި ބަހަށް ތަރުޖަމާކުރެއްވީ ކޮން ބޭފުޅެއް ؟
ޖަވާބު: ހުސެއިން ސަލާހުއްދީން
11.  ތިންބަހާއި ހަބަހުގެ ރައިވަރުގެ ހަމަ ހިފެހެއްޓެވީ ކޮންބޭފުޅެއް؟ އަދި އެހަމަތަކަށް ފައްތައިގެން އެންމެ ފުރަތަމަ ލިޔެވުނު ރައިވަރު ފޮތުގެ ނަމަކީ ކޮބާ؟
ޖަވާބު: އެދުރު އުމަރު މާފަތް ކަލޭގެ ފާނު   ބޮޑުތާހީދު
12.  ޅަފަތުގެ ދައުރުގައި ލިޔުނު އަދަބީ އެތައް ތަރިކައެއް މިޒަމާނަށް އައިއިރު ވަނީ ގެއްލިފައެވެ. މިކަން މިގޮތަށް ވާން މެދުވަރިވި ސަބަބަކީ ކޮބާ؟
ޖަވާބު: އެދުވަސްވަރަކީ ޗާޕްކުރެވުނު ޒަމާނަކަށް ނުވާތީވެއެވެ.
13.  ނައިބުތުއްތުގެ އަދަބީ އަދި ޢިލްމީ މަސައްކަތްތައް އަހަރުމެންނާއި ހަމައަށް ގެނެސްދެއްވުމަށް މަސައްކަތްޕުޅެއް ކޮށްދެއްވީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖަވާބު: ޙުސައިން ޞަލާޙުއްދީންއެވެ.
14.  ހިނގައިގަނެވުނު ދައުރުގެ ޚިދުމަތްތެރީންގެ ތެރެއިން ދެބޭފުޅެއްގެނަން ބުނެދޭށެވެ.
ޖަވާބު: މުޙަންމަދު އަމީން، ޙުސައިން ޞަލާޙުއްދީން، ސީދީ، އިބުރާހިމް ޝިހާބް، ޖަމީލް ދީދީ، އަޙްމަދު ކާމިލް ދީދީ، މުޙަންމަދު އިސްމާޢީލް، އަބުދުﷲ ޖަލާލެއްދީން (މީގެތެރެއިން ކޮންމެވެސް ދެބޭފުޅެއްގެ ނަން ލިޔެފިނަމަ ރަނގަޅުވާނެ)
15.  މުޙައްމަދު އަމީނާއި، މުޙައްމަދު ޖަމީލް ދީދީ އާއި، ޢިބްރަޙިމް ޝިހާބު ޚިދުމަތް ކުރެއްވީ ކޮން ދައުރެއްގައި؟
ޖަވާބު: ހިނގައިގަނެވުނު ދައުރު ގައި.
16.  ހިނގައިގަނެވުނު ދައުރުގެ ޢިބާރާތްކުރުމުގައި އެންމެބޮޑަށް ބެލެވިފައިވަނީ ކޮންކަންތައްތަކަކަށް؟
ޖަވާބު: ފަސޭހައިން ދޭހަވާގޮތަށް ޖުމްލައިގައި ލަފްޒުތައް އެތުރުމަށް ކުރުކޮށް ސާފުކޮށް، ހާމަކޮށް ބުނުމަށް  
17.  "އަދަބު" މިބަހުގެ މާނަ ކުރުކޮށް ބުނެދޭށެވެ.
ޖަވާބު: މިންވަރު ދެނެގަތުން
18.  ވާހަކަ ދައްކާއިރު އެހުންތެރިންގެ ހިތަށް އެންމެ އަވަހަށް އަސަރުކުރެވޭނީ ކޮންގޮތަކަށް ވާހަކަ ދައްކައިގެންހެއްޔެވެ؟
ޖަވާބު: އެހުންރެތިންގެ މިޒާޖަށް ވިސްނައިގެން ވާހަކަ ދެއްކުމުންނެވެ.
19.  ނައިބުތުއްތުގެ ފުރިހަމަ ނަންފުޅަކީ ކޮބާ؟
ޖަވާބު: އައްޝައިޚުލް ފަޤީޙް މުޙަންމަދު ޖަމާލުއްދީން ބުނު އައްނާއިބު އީސަލްމުލަކީއެވެ.
20.  ޞިއްޙަތާބެހޭގޮތުން ނައިބުތުއްތު ލިޔުއްވި ފޮތުގެނަންލިޔާށެވެ.
ޖަވާބު: މިންޙަތުލް މަންނާރު
21.  ބަނޑޭރި ޙަސަންމަނިކުފާނު ލިޔުއްވައި ދިޔޯގެރައިވަރުގައި ހިމެނޭ މައިގަނޑު ދެޝަޚްޞިއްޔަތު ލިޔާށެވެ.
ޖަވާބު: ދައިތާފުޅުދިޔޯ، ކޮއްކޯފުޅު ދިޔޯ
22.  ތިމާގެ ފުދުންތެރިކަން ނެތްވަރުން އެހެންމީހުންނަށް ތަކެތި ދޭނަމޭބުނެ، ނުދެވޭ މީހުންނަށް ނިސްބަތްކޮށް ބޭނުންކުރާ އަދަބީ ބަހެއް އޮވެއެވެ. އެއަދަބީބަސް ލިޔާށެވެ.
ޖަވާބު: ރުއްކޮށީ ކުޑަކޮއިގެ ނިޔަދުރު
23.  ޖުމްލަތަކުގެ ނިމުން ހުށި، މެއަ ފަދަ އަކުރުތަކަށް ނިންމާފައި ހުރީ ލިޔުންތެރިކަމުގެ ކޮންދައުރެއްގައި؟
ޖަވާބު: ޅަފަތުގެ ދައުރުގައި.
24.  މީހަކު ރަށަކަށް ގޮސްފައި ރަށުތެރެ ބަލާލުމުގެ ފުރުޞަތު ނުލިބި އަންނަންޖެހޭފަދަ ޙާލަތްތައް އަހަރުމެންނަށް މެދުވެރިވެއެވެ. މިފަދަ ގޮތަކަށް މެދުވެރިވެފައިވާ މީހަކާ ދިމާއަށް ކަލޭ މިވެނި ރަށަކަށް ދިޔައިންހޭ އަހާލުމުން ޖަވާބެއްގެގޮތުން ބޭނުންކޮށްއުޅޭ އަދަބީ ބަހަކީކޮބައި ހެއްޔެވެ.
ޖަވާބު: ކާޅުގުއި ބަންގާޅަށްދިއުން
25.  ތިމާއާއި ކުރަން ޙަވާލުވެފައިވާކަމެއް އެހެންމީހަކުލައްވައި ކުރުވާނަމަ އެފަދަ މީހަކާދިމާއަށް ބޭނުންކުރާ މިސާލުބަސް ލިޔާށެވެ.
ޖަވާބު: ކަނދިކަމަނާގެ މަސްތެލުލުން
26.  ދިޔޯގެ ރައިވަރު ކުށްވެފައި ވަނިކޮށް ކުށް ފިލުވައި އޭގެ މައްޗަށް ޝަރަހައެއް ލިޔުއްވީ ކޮން ބޭފުޅެއް؟
ޖަވާބު: ނާއިބު ތުއްތު (މުޙައްމަދު ޖަމާލުއްދީން)
27.  ކޮންމެ ކަމެއް ކުރާއިރުވެސް އެންމެ ރަނގަޅަށް ކުރާނީ އެންމެ ފަހުން ކުރާމީހާއޭ ބުނެވޭ ކަހަލަ ތަންތަނުގައި ބޭނުންކުރާ އަދަބީބަސް ލިޔާށެވެ.
ޖަވާބު: ފަހުންކިޔާ މާލޫދު މޮޅުވާނެއެވެ.
28.  ކުށްކުރުމަށް އާދަވެފައިވާ މީހުންނަށް ކިތަންމެ ވަރަކަށް އަދަބުދިނަސް ބިރެއްނުގަންނާނޭ ބުނުމުގެގޮތުން ބޭނުންކުރާ މުސްކުޅި ބަހެއް އޮވެއެވެ. އެބަސް ލިޔާށެވެ.
ޖަވާބު: ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ.
29.  ނައިބުތުއްތު ޅައުމުރުގައި އެމަނިކުފާނުގެ ޢަރަބިބަހުގެ އެދުރަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖަވާބު: އަލްޤާރީ މުޙަންމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނެވެ.
30.  ދިވެހި އަދަބިއްޔާތުގައި އެންމެ ފުރަތަމަ ލިޔުމަކަށް އަދަބީގޮތުން ފާޑުކިޔުއްވައި ލިޔުން ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ.
ޖަވާބު: މުޙަންމަދު ޖަމާލުއްދީން ނުވަތަ ނައިބުތުއްތުއެވެ.
31.  ސުއްކަތުރާ ޚަބަރުގައިވަނީ ކޮންވާހަކަތަކެއްހެއްޔެވެ؟
ޖަވާބު: އޭގައިވަނީ ނައިބުތުއްތު ބ. ފެހެންދުއަށް އަރުވާލާފައި ހުންނެވިއިރު އެބޭފުޅާއަށް ދިމާވި ދަތި ޙާލު ބަޔާންކޮށް ލިޔެފައިވާ ވާހަކަތަކެވެ.
32.  ސިއްކަމޮހޮރީގައިވަނީ ކޮންވާހަތަކެއްހެއްޔެވެ؟
ޖަވާބު: ރަދުންނަށް ޘަނާކިޔައި ތަޢުރީފްކޮށް ލިޔެފައިވާ ވާހަކަތަކެވެ.
33.  ދިވެހި އަދަބިއްޔާތުގައި ރައިވަރަށް ވަރަށް އިސްމަޤާމެއް ދެވިފައިވޭ. އެއީ ކީއްވެ؟
ޖަވާބު: އޭގައި ދިވެހީންގެ ސަޤާފަތާއި، އަދަކާދަޔާއި، ބަހާއި، ދީނާއި، ނަސޭހަތްތަކާއި، ބަހުގެ އަދަބިއްޔާތު ހިމެނޭތީ.
34.  ކުރީގެ ލިޔުންތެރީންގެ އިބާރާތްތަކާއި މުޙައްމަދު އަމީންގެ އިބާރަތްތަކާއި ހުރި ދެ ތަފާތެއް ބުނެދީ؟
ޖަވާބު: އިބާރާތްތަކުގެ ސާދާ ކަން   - ބަސްމަގުގެ ފޮނިކަމާއި، އަސަރުގަދަކަން
- ސިފަކުރުމުގެ ބައި ބޮޑުކަން   - އިބާރާތްތައް ފަށުވިކަން
އޮޅުންފިލާލެއް ފަސޭހަކަން
35.  ޗާޕްވެފައި ހުރި ލިޔުންތަކުގެ ތެރެއިން އެންމެ ކުރީގެ އިބާރާތްކޮޅެއް ފެންނަން އޮތީ ކޮން ލިޔުމަކުން؟ އަދި އެ ފޮތުގައިވަނީ ކޮން ވާހަކަ ތަކެއް؟
ޖަވާބު: ތުހުފަތުލް ވުލަތު     -  ދުޢާ ތަކާއި ޒިކުރުތައް
ގަދަ ހިފުމުގެ ބުރު:
މި ބުރުގައި ކޮންމެ ގުރޫޕަކަށްވެސް އެއް މިނިޓްގެ ތެރޭގައި  5 ސުވާލު ކުރެވޭނެ އެވެ. ކޮންމެ ސުވާލަކަށް 10 ޕޮއިންޓް ދެވޭނެ އެވެ.  މިބުރު ކުރިޔަށް ގެންދާނީ ގްރޫޕަކުން (ޓީމަކުން) ކަނޑައަޅާ އެއް ކުއްޖަކު ކުލާހުގެ މެދަށް ގެނެސް ވަކި ގޮނޑިއެއްގައި ބައިންދައިގެންނެވެ. މި ބުރުގައި ކުރާ ސުވާލު ކަނޑައަޅާނީ ގުރުއަތުންނެވެ.
ގަދަހިފުމުގެ ސުވާލު A

1.      މައުލަވީ ހުތްޢަލިދީދީ ފަސްދާނުލެވުނީ ހއ. ހޯތަފުށީގައެވެ. (ރަނގަޅު)
2.      އަދަބިއްޔާތުގެތެރެއިން ނާއިބުތުއްތު ޚާއްޞަވެފައިވަނީ ޅެން ހެދުމަށެވެ. (ނުބައި)
3.      "ދޮންތުއްކަލާގެ" ފުރިހަމަ ނަންފުޅަކީ އަހުމަދު ޢަލިދީދީ އެވެ. (ނުބައި)
4.      ނައިބުތުއްތު ނިޔާވީ 13 ރަމަޟާން 1325 ގައެވެ. (ރަނގަޅު)
5.      މުޙަންމަދު އިސްމާޢީލް ދީދީ ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަކީ ވަޑާން ކުރުމެވެ. (ނުބައި)  

ގަދަހިފުމުގެ ސުވާލު B

1.      މުޙަންމަދު އިސްމާޢީލް ދީދީގެ މަންމާފުޅުގެ ނަންފުޅާކީ ސަންފާ އެވެ. (ރަނގަޅު)
2.      މިހާރު ޅެންތައް ހުންނަ ވަޒަންތަކަށް ދިވެހިބަހުން ޅެން ހެއްދެވީ ކާމިލުދީދީ އެވެ. (ނުބައި)
3.      ސުއްކަތުރާ ޚަބަރު ނުވަތަ ޚަބަރުފޮތް ލިޔުއްވީ ހިޖުރައިން 1308 ގައެވެ. (ރަނގަޅު)  
4.      މުޙަންމަދު އިސްމާޢީލް ދީދީ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ. (ރަނގަޅު)
5.      ނައިބުތުއްތު ފަސްދާނުލެވުނީ ދ. މާއެނބޫދޫއެވެ. (ރަނގަޅު)






މަރު ބުރު
 މިބުރުގައި ސުވާލުކުރާނީ ދެ ގުރޫޕަށް އަމާޒު ކޮށްގެންނެވެ. ޖަވާބު ދިނުމަށް ކޮންމެ ދަރިވަރަކަށްވެސް އަތްމައްޗަށް ނެގިދާނެއެވެ. އެކަމަކު އަތްމައްޗަށް ނެގޭނީ ސުވާލުކޮށް ނިމުނީމަ އެވެ. މިގޮތަށް ފުރަތަމަ އަތްމައްޗަށް ނަގާ ދަރިވަރަކަށް ޖަވާބު ދިނުމަށް ފުރުސަތު ދޭނީ އެވެ. ސުވާލު ނިންމާ ހިސާބުން 10 ސިކުންތު ވުމުގެ ކުރިން ޖަވާބު ދޭންވާނެ އެވެ. ދެވޭނީ އެއްމެ ޖަވާބެކެވެ. ޖަވާބު ރަނގަޅު ވެއްޖެނަމަ 10 މާރކްސް ލިބޭނެ އެވެ. ނުބައިވެއްޖެނަ 5 މާރކްސް އުނިވާނެ އެވެ. ޖަވާބު ނުބައިވެއްޖެނަމަ ރަނގަޅު ޖަވާބު މުދައްރިސް ދޭންވާނެ އެވެ. 10 ސިކުންތު ވާއިރު ދެ ގުރޫޕުންކުރެ ގުރޫޕަކުން އަތްމައްޗަށް ނުނަގައިފިނަމަ ކޮންމެ ގްރޫޕަކުން 5 ޕޮއިންޓް އުނިކުރަނީ އެވެ.
1.      އެންމެ ފުރަތަމަ ކުޅުނު ސްޓޭޖް ތަމްސީލް ލިޔުއްވީ ކޮން ބޭފުޅެއް؟
ޖަވާބު: މުޙައްމަދު އަމީން
2.      އަރުމާދު ރައިވަރު ފޮތް ލިޔުއްވީ ކޮންބޭފުޅެއް؟
ޖަވާބު: ލިޔުއްވީ ބަނޑޭރި ޙަސަން މަނިކުފާނު.
3.      ޙުސެއިން ސަލާހުއްދީން ތަޙައްލުސެއްގެ ގޮތުގައި ބޭނުން ކުރައްވާ ނަމަކީ ކޮބާ؟
ޖަވާބު: ފަތިހުގެ ތަރި.
4.      ޖައުފަރު ކަމާލުއްދީން ތަޙައްލުސެއްގެ ގޮތުގައި ބޭނުން ކުރައްވާ ނަމަކީ ކޮބާ؟
ޖަވަބު: ހަސްތީ.
5.      އަބްދުﷲ ޖަލާލުއްދީން ތަޙައްލުސެއްގެ ގޮތުގައި ބޭނުން ކުރައްވާ ނަމަކީ ކޮބާ؟
ޖަވާބު: ޝާއިރުލް ޢުމޫމި
6.      މުޙައްމަދު ޖަމީލު ތަޙައްލުސެއްގެ ގޮތުގައި ބޭނުން ކުރައްވާ ނަމަކީ ކޮބާ؟
ޖަވާބު: އުޖާލާވި ރަންތަރި / އުސްތާޒުލް ޖީލް
7.      އިބްރާހިމް ޝިހާބު ތަޙައްލުސެއްގެ ގޮތުގައި ބޭނުން ކުރައްވާ ނަމަކީ ކޮބާ؟
ޝާއިރުއް ޝަބާބު / ޤުލްފާމް / ސާގިބު
8.      މުހައްމަދު އަމީން ތަޙައްލުސެއްގެ ގޮތުގައި ބޭނުން ކުރައްވާ ނަމަކީ ކޮބާ؟
ޖަވާބު: އޯކިޑް / ފިނިފެންމާ / އގއ / މއ









ސެޝަން ކުރިއަށްގެންދާނެގޮތް:
ގްރޭޑް: 9
ސުރުޚީ: އަދަބިއްޔާތު:
ހޭދަވާނެ ވަގުތު: 30 މިނިޓް

ޙާޞިލްވާނެ މިންވަރު: މި ފިލާވަޅު ނިމިގެންދާއިރު ޢަދަބިއްޔާތުގެ ގިނަ ސުވާލުތަކަށް ދަރިވަރުންނަށް ހުންނާނީ ޖަވާބު ލިބިފަ އެވެ. އެއް ދަރިވަރުންގެ ފުށުން އަނެއް ދަރިވަރުންނަށް(ރިޕްލްކޮށް) އަދަބިއްޔާތު ސުވާލުތަކަށް ދޭންވާ ރަނގަޅު ޖަވާބު އެނގިގެން ދާނެ އެވެ. މިހެން ވުމުން އިމްތިޙާނުގައި އަދަބިއްޔާތުގެ މަސައްކަތް ކުރުމަށް ދަރިވަރުންނަށް ފަސޭހެވެގެން ދާނެ އެވެ.

 ރިސޯސް: މިފިލާވަޅުކުރިއަށް ގެންދިއުމަށްޓަކައި، ޕްރެސެންޓޭޝަން، ޕްރޮޖެކްޓަރ، ކަރުދާސް، އަތްމަތީކަރުދާސް، ބޯޑު، މާކަރު، އަދަބިއްޔާތުގެ ސުވާލުތަކާއި ޖަވާބުތައް، ބޭނުންވާނެއެވެ.
ތަޢާރަފް:
ފިލާވަޅަށް ފަށްޓަވާނީ މިފިލާވަޅު ގެންދިއުމުގެ ބޭނުމާއި މިއީ ކޮންކަމެއް ޙާޞިލުކުރުމުގެ މަޤްޞަދުގައި ކުރާ ދަތުރެއްކަން ބުނެދެއްވާފައެވެ. މިސާލަކަށް: މިއީ ޑިޕާރޓްމަންޓް އޮފްޕަބްލިކް އެގްޒަމިނޭޝަނުގެ ފަރާތުން ބާއްވާ، އެސް.އެސް.ސީ އިމްތިޙާނުގައި ދަރިވަރުން އިމްތިޙާނު ކުރެވޭ ބައިތަކުގެތެރެއިން އަދަބިއްޔާތުގެބައި ރަނގަޅުކުރުމުގެގޮތުން ގެންދެވޭ ފިލާވަޅެއްކަމާއި، މިފިލާވަޅު ބިނާކޮށްފައި ވާނީ މުދައްރިސް ސުވާލުކުރުމާއި، ދަރިވަރުން ޖަވާބު ދިނުމުގެ މައްޗަށްކަން ބުނެދެއްވަންވާނެއެވެ. (2މިނިޓް)
މައިގަނޑު:
އަދަބިއްޔާތުގެ ސުވާލުތަކަށް ޖަވާބުދިނުމުގައި ވިސްނަންވީ ނުކުތާތަކާއި ކުރާނެމަސައްކަތް ކިއުއްވާ ދެއްވާނީ މުދައްރިސެވެ.
ދަރިވަރުންނަށް ބާއްވާ ކުއިޒުކުރިއަށް ގެންދާނެގޮތާއި، އެކަން އޮޅުން ފިލުއްވައި ދެއްވުމަށްފަހު މަސައްކަތް ކުރިއަށް ގެންދަވާނީ ތަފާތު ތިން ބުރަކަށް ބައްސަވާލައްވައިގެންނެވެ. އެއީ، ފުރަތަމަ ބުރާއި، ގަދަ ހިފުމުގެ ބުރާއި، މަރުބުރެވެ.
ނިންމުން:
ދަރިވަރުން ދެއްވި ޖަވާބާއި އެއްބާރު ލުމުން ފާހަގަކުރެވުނު ކަންތައްތައް ކްލާހުގައި ބުނެދިނުމަށްފަހު ފިލާވަޅު ނިންމަވާލައްވަންވާނީ ހިތްހަމަޖެހުމާ އެކުގައެވެ.



No comments:

Post a Comment